Last Updated: May 1, 06:04
Thursday, May 1, 2025
ޚަބަރު

ހިތަދޫގައި ހުރި ޕޮލިސް ކަސްޓޯޑިއަލް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފި

ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިން ހިންގި އިމާރާތް. މިހާރު އެތަން ގެންދަނީ މަރާމާތު ކުރަމުން.

2012 ވަނަ އަަހަރުގެ ފެބްރުއަރީ މަހު ހިނގި ހަމަނުޖެހުންތަކުގައި އަންދާލި ހިތަދޫ ޕޮލިސް ސްޓޭޝަން އިމާރާތުގައި ހުރި ޕޮލިސް ކަސްޓޯޑިއަލް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފިއެވެ.

ކަސްޓޯޑިއަލް ޑިޕާޓްމެންޓް ހުޅުމީދޫ އަށް ބަދަލުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކަސްޓޯޑިއަލް ޑިޕާޓްމެންޓް ހުޅުދޫއަށް ބަދަލުކޮށްފައިވަނީ، ހިތަދޫގައި ކަސްޓޯޑިއަލް ޤާއިމްކޮށްފައި ހުރި އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ބަންދުގައި ތިބޭ ފަރާތްތަކުގެ އާއިލީ ބައްދަލުވުމުގެ ކަންތައް ހަމަޖެއްސުމަށާއި ވަކީލުން އައްޔަންކުރުމަށް ބޭނުންވާ ފޯމްތައް ހިތަދޫ ޕޮލިސް ސްޓޭޝަނާއި ގަން ޕޮލިސް ސްޓޭޝަނުން ބަލައިގަންނާނެ ކަމަށެވެ.

ކުރިން ޕޮލިސް ސްޓޭޝަން ހިންގި އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، އުހުދް ކޮންސްޓްރަކްޝަން އާއިއެވެ.