އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު ފެނަކަ ކޯޕަރޭޝަންގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.
އޭނަ އައްތަންކޮށްފައި ވަނީ ކުންފުނީގެ ޗީފް ސޭލްސް އޮފިސަރުގެ މަގާމަށެވެ.
އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމަށް ޝުޖާއު އައްޔަންކުރީ 2021 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނަ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން ޝުޖާއު ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް މި އަހަރު ފުރުއްވައިފަ އެވެ.
ފެނަކައިގެ އިސް މަގާމަކަށް ވަޑައިގެންނެވި އިރު، އޭނަ އޭނަ އަކީ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި މޯލްޑިވް ގޭހުގެ ބޯޑު ޑިރެކްޓަރުގެ މަގާމުގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް މަގާމެއް ވެސް ހިމެނެ އެވެ.
ޝުޖާއު އަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑް ޔުނިވަސިޓީން މާސްޓާސް އޮފް ސައިންސް އިން ޓެކްނޮލޮޖީ އިން މެނޭޖްމެންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.