ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަދާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، އެ ފުލެޓްތައް ނިންމައި ހަވާލުކުރެވޭނެ ތާރީޚުތަކެއް ކުންފުނިން ދީފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، ފުލެޓްތައް ނިމެމުން އަންނަ ވަރަކަށް، އެ ފުލެޓްތައް ލިބިފައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރަމުން ދާނެ ކަމަށެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއް ހަވާލުކޮށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ފުލެޓްތައް ހަވާލު ކުރަން ކަނޑައެޅި މުއްދަތުތައް:
* އަމާން އުދަރެހުގެ 11، 12، 13، 15 އަދި 16 ވަނަ ޓަވަރުން ފްލެޓުތައް ހަވާލު ކުރެވޭނީ މި މަހުގެ ދެވަނަ ހަފުތާ ހިސާބުގައި
* އަމާން އުދަރެހުގެ 8 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 3ވަނަ ހަފުތާގައި
* އަމާން އުދަރެހުގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 4 ވަނަ ހަފުތާގައި
* އަމާން އުދަރެހުގެ 5 އަދި 6 ވަނަ ޓަވަރުގެ ފުލެޓްތައް ހަވާލުކުރެވޭނީ ޖެނުއަރީ 3 ވަނަ ހަފުތާގައި
* އަމާން އުދަރެހުގެ 9 އަދި 10 ވަނަ ޓަވަރުގެ ފްލެޓުތައް ހަވާލުކުރެވޭނީ ޖެނުއަރީ 5 ވަނަ ހަފުތާގައި
* އަމާން ދޯދީގެ 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރު, ޖެނުއަރީ މަހުގެ ފަހު ހަފުތާގައި
* އަމާން ދޯދީގެ 15 އަދި 16 ވަނަ ޓަވަރު، ޖެނުއަރީ 2 ވަނަ ހަފުތާގައި.
* އަމާން ދޯދީގެ 5، 6، 7، 8، 9، 10 އަދި 11 ވަނަ ޓަވަރުތައް ޖެނުއަރީ މަހުގެ ހަފުތާގައި
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގައި ހިމެނޭ ތިން ކޮޓަރީގެ އެޕާމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 11،500ރ، ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހެ އެވެ. އަދި ދެ ކޮޓަރީ އެޕާޓްމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 8،000ރ. އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ.