ޑައިރެކްޓަރު ސަންދީޕް މޯދީގެ ފުރަތަމަ ހިންދީ ފީޗާ ފިލްމުގެ ބަތަލުގެ ރޯލު ކާތިކް އާރިއަން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ހަދަން ނިންމާފައިވާ ހަނގުރާމަ ފިލްމެއް ކަމަށާއި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.
ކާތިކްގެ އަތުގައި މިހާރު ވެސް ދަރުމާގެ ދެ ފިލްމެއް އެބައޮތެވެ. އޭގެ ތެރެއިން އެއް ފިލްމަކީ މި މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތައްޔާރުވަމުން އަންނަ ރޮމޭކްޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. ކާތިކްގެ 2023 ގެ "ސަތިއަަޕްރޭމް ކީ ކަތާ" ގެ ޑައިރެކްޓަރު ސަމީރު ވިދުވަންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ.
ކާތިކްގެ ދަރުމާގެ އަނެއް ފިލްމަކީ މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށީ ކްރީޗާ ކޮމެޑީ ޑައިރެކްޓަރު މިރްގްދީޕް ސިންގް ލާމްބާގެ "ނާގްޒިއްލާ" އެވެ.
ކާތިިކަށް ދަރުމާ އިން ފުރުސަތު ލިބުނު ތިން ވަނަ ފިލްމުގެ ޑައިރެކްޓަރު ސަންދީޕަކީ ވެބް ސީރީޒްތައް ކަމަށްވާ ސުޝްމިތާ ސެންގެ "އާރިއާ" އާއި އަދިތިޔާ ރޯއި ކަޕޫރްގެ "ދަ ނައިޓް މެނޭޖާ" ގެ ޑައިރެކްޓަރެވެ. އަދި އޭނަ މިހާތަނަށް ޑައިރެކްޓްކުރި ހަމައެކަނި ފީޗާ ފިލްމަކީ 2017 ގެ މަރާޓީ ފިލްމު "ޗުމްބަކް" އެވެ.