Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އެޗްއާރްސީއެމްގެ މެންބަރަކަށް ރަމީލާ އައްޔަންކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރުގެ ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނަ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައިވެ އެވެ. އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރަމީލާއާ ހަވާލުކޮށް ދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާގެ ދައުރު ހަމަވުމުންނެވެ.

މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ރަމީމާ އެ މަގާމުން އިސްތިއުފާ ސިއްހީ ހާލު ހުރިގޮތުން ޑިސެމްބަރު 1، 2024 ގަ އެވެ.