Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

މަހްލޫފަށް ސަފީރުކަން ދޭން ރުހުން ދީފި

އަހްމަދު މަހުލޫފް ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އޭނަ އެ މަގާމަށް މަހްލޫފު އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ ވޯޓުންނެވެ. މަހްލޫފު އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ސަފީރަކަށް މަހްލޫފް އައްޔަން ކުރަން ސަރުކާރުން ނިންމި އިރު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ އޭނަ ގުޅިވަޑައިގަތީ މި މަހުގެ 14 ގަ އެވެ. އަދި ކުރިން ހުންނެވި އެމްޑީޕީން ވަކިވެވަޑައިގަތީ ސެޕްޓެމްބަރު 8 ގަ އެވެ.

މަހްލޫފަކީ މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރެވެ.