ހުއްދަ ނެތި ދުންފަތުގެ ބާތްތައް މާލޭގައި ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފި އެވެ.
އެތަން ބަންދުކުރީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީ އާއު އޮފް އިކޮނޮމިކް ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު އެވެ.
އެގޮތުން ހަ ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުލުހުން ބުންޏެވެ. އަދު އޭގެ ތެރެއިން އެއް ތަނަކީ ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ބަންދުކުރި ތަނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.