Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ރާއްޖެ އިން ދާ ޓޫރިސްޓުންނަށް ހާއްސަ ސާވޭއެއް

ރާއްޖެ އިން އެނބުރިދާ މައުލޫމާތު އެއްކުރުމަށް "މޯލްޑިވްސް ވިޒިޓާ ސާވޭ" އެއްގެ މަސައްކަތް ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދާ މި ސާވޭ މި މަހުގެ 15 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ސާވޭ ތެރެއިން ޓޫރިސްޓުންގެ ޑެމޮގްރަފިކްސް (ޖިންސާއި، އުމުރު ފަދަ މައުލޫމާތު) އާއި، ރާއްޖޭގައި ކުރި ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާއި ބެހޭ ގޮތުން ޓޫރިސްޓުން ދެކޭ ގޮތާ ގުޅޭ މައުލޫމާތުތައް އެއްކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަދަ މައުލޫމާތުތަކަކީ އެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ދެނެގަނެވޭ މައުލޫމާތުތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެ ދޭނެ ކަމަކަށް ވާނެ ކަމަށެވެ. އަދި ބޭރުގެ މާކެޓްތަގައި ރާއްޖެ އަކީ، އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ވާދަވެރިކަން ވަރުގަދަ ކުރުމުގައި ވެސް ސާވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބުންޏެވެ.

ރާއްޖެ އަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،000 އަށް ވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ.

އަހަރުގެ މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.