Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ގާޒީ ފާއިޒް ވަކިކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށް ފިއެވެ.

ޑްރަގްގެ ބޮޑެއް ބަންދުން ދޫކުރި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުރި ގާޒީ ވަކިކުރީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާއިޒުގެ މައްސަލަތަކެއް ބެލުމަށް ފަހު، މަޖިލީހަށް ފޮނުވުމުން މަޖިލީހުން މިއަދެވެ.

ކޮމެޓީން ނިންމި ގޮތަށް، އޭނާ ވަކިކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީނީ 56 މެންބަރުންގެ ވޯޓުންނެވެ. ފާއިޒް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ 8 މެންބަރުންނެވެ.

ފާއިޒު ވަކިކުރަން ނިންމި އެއް މައްސަލަ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އައްޑޫ ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމުންނެވެ.