Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

މަސައްކަތްތައް ނިންމައި މަޖިލިސް ޗުއްޓީ އަށް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ގައި 15 ބިލެއް ނިންމައި މިއަދުން ފެށިގެން މަޖިލިސް ޗުއްޓީ އަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން ތިންވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދާން ޖެހޭނީ މި މަހުގެ 1 އެވެ. ނަމަވެސް ނިންމަން މަސައްކަތްތަކެއް ހުރުމާ އެކު އެ މަސައްކަތްތައް ނިންމީ ދައުރު ދެންމީ އެވެ.

ތިން ވަނަ ދައުރު މިއަދު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 20 ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރެ ގެންގުޅެމުން އަންނަ އުސޫލަކީ، ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މުހިއްމު ބިލެެއް އޮވެއްޖެނަމަ، އެ ކަމެއް ނިންމުމަށް ފަހު ޗުއްޓީއަށް ދިއުމުގެ އުސޫލު ކަމަށެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ 1 ގަ އެވެ.