Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

މެދުކެނޑުމަކަށް ފަހު 'އެމްއެޗް370' ހޯދަން ފަށަނީ

މީގެ 10 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބޯޓް 'އެމްއެޗް370' ހޯދަން މި އަހަރުގެ ކުރީކޮޅު ފެށި ސާވިން އޮޕަރޭޝަން މި މަހު އަލުން ފަށަން ނިންމައިފި އެވެ.

މި އޮޕަރޭޝަނަށް އެ ގައުމުގެ ކެބިނެޓުން ރުހުން ދިނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު 'އެމްއެޗް370' ހޯދަން
އަލުން ފެށީ 55 ދުވަހުގެ އޮޕަރޭޝަން ފެށިތަނާ މޫސުން ގޯސްވެގެން އެކަން އޮތީ ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.

ނަމަވެސް މިހާރު ނިންމާފައި ވަނީ މި މަހުގެ 30 ގައި އަލުން އޮޕަރޭޝަން ފެށުމަށެވެ.

ދެހާސް ސާދައިގައި 239 މީހުންނާ އެކު ގެއްލުނު ބޮއިން777 މަރުކާގެ ބޯޓް ހޯދުމުގެ އާ މިޝަން ކުރިއަށް ގެންދާނީ ކުރިން ވެސް ބޯޓް ހޯދުމުގެ ނާކާމިޔާބު މިޝަނެއް ކުރިއަށް ގެންދިޔަ އެމެރިކާގެ މެރިން އެކްސްޕްލޮރޭޝަން ކުންފުނި، "އޯޝަން އޮންފިނިޓީ" އިންނެވެ.

މި ސާޗިން އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމީ "ނޯ ފައިންޑް ނޯ ފީ" އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އެކަމަށް މެލޭޝިއާ އިން އެއްވެސް ފީއެއް ދައްކާނީ "އޯޝަން އިންފިނިޓީ" އާ ހަވާލުކޮށްގެން ބޯޓް ފެނިއްޖެ ނަމަ އެވެ. އެގޮތުން ބޯޓް ހޯދިއްޖެ ނަމަ ކުންފުންޏަށް 70 މިލިއަން ޑޮލަރުގެ ފީއެއް ދޭނެ އެވެ.

މި ފަހަރުގެ މިޝަންގެ ތެރޭގައި އިންޑިއާ އިންޑިއާ ކަނޑުގެ 15،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލާނެ އެވެ.

މި މަސައްކަތް "އޯޝަން އިންފިނިޓީ" އާ ހަވާލުކޮށްގެން ކުރިން ކުރިއަށް ގެންދިޔައީ 2018 ގަ އެވެ. އެ ފަހަރު ކުރިއަށް ގެންދިޔަ މިޝަން ނާކާމިޔާބުވެ މަސައްކަތް ހުއްޓައިލީ މިޝަން ފެށިތާ ތިން މަސް ފަހުންނެވެ.

ގިނަ އާއިލާތަކެއްގެ ޖަޒުބާތާ ވަރަށް ބޮޑަށް ގުޅިފައިވާ 'އެމްއެމްއެޗް370' ހޯދަން 2017 އާ ހަމައަށް ދެ އަހަރުގެ މިޝަނެއް މެލޭޝިއާ އިން އެކި ގައުމުތަކާ ގުޅިގެން ކޮށްފައިވެ އެވެ. އަދި އެކަމަށް 150 މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ.

"އެމްއެޗް370" ގެ ހާދިސާ ބޮޑު އަރަތެއްގެ ގޮތުގައި އޮތް އިރު، އެ ބޯޓް ގެއްލުމާ ގުޅޭ ގޮތުން ތަފާތު އެތަކެއް ތިއަރީތަކެއް މިހާތަނަށް އެކި ފަރާތްތަކުން ނެރެފައިވެ އެވެ.