Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ގަމު އިންޖީނުގޭގައި އަލިފާން ރޯވެ އަނދަނީ

ގަމު އިންޖީނުގޭގައި ރޯވެފައި... ފޮޓޯ: ލާމު އެމްވީ

ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެ, މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.

ފުލުހުން ބުނީ ގަމު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރު 14:50 ހާއިރު ލިބުނު ކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާ އަދި އާންމުން ގުޅިގެން ކުރި ކަމަށެވެ. އެގޮތުން އިންޖީނު ގޭގައި ރޯވި އަލިފާން 15:50 ހާއިރު ނިއްވާލެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.