Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހިތަދޫ ހޮސްޕިޓަލްގެ ފާރުތައް ޒީނަތްތެރި ކުރުމަށް އޮރިމަސް ވަކަރު

ހިތަދޫ ހޮސްޕިޓަލުގެ ފާރުތަކުގައި އޮރިމަސް ވަކަރު ހަރުކުރުމުގެ މަސައްކަތް ކުރަނީ. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފާރުތައް ޒީނަތްތެރި ކުރުމަށް އޮރިމަސް ވަކަރު ހަރުކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފާރުތަކުގައި އޮރިމަސް ވަކަރު ހަރުކުރަނީ އެތަނަށް ޚިދްމަތް ހޯދުމަށްދާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ. އަދި އެ މަސައްކަތަކީ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރާ މަސައްކަތެއް ނޫން ކަމަށް ވެއެވެ.

ހޮސްޕިޓަލުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަ ކުރުމަށް ތަފާތު އެކި މަޝްރޫޢުތައް ހޮސްޕިޓަލުގެ ފަރާތުން ކުރިއަށް ގެންދެއެވެ. ނަމަވެސް ބަޖެޓްގެ ތާށިކަމާއި ހުރެ އެފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހިތަދޫ ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އޮރިމަސް ވަކަރު ހަރުކުރުމަކީ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ސަރުކާރުން ފަށަން ނިންމާފައިވާ މަޝްރޫޢުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށެވެ.