އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއް މުޞްޙަފްތަކުގައި އަލްޤުރްއާނުލް މަޖީދު އަދި އަނެއް ބައި މުޞްޙަފްތަކުގައި އަލްޤުރްއާނުލް ކަރީމް ލިޔެފައި ހުންނާތީ ފެނެއެވެ. އެ ދެ ގޮތަށް ލިޔެފައިވާ މުޞްޙަފްތަކަކީ ވެސް ޙަޤީޤަތުގައި އެއްވެސް ތަފާތެއް ހުރި މުޞްޙަފްތަކެއް ނޫނެވެ. އެއީ ޤުރްއާން ސިފަކުރުމަށްޓަކައި ބޭނުން ކުރާ ދެ ނަމެވެ. އަލްމަޖީދް އާއި އަލްކަރީމްއެވެ.
މި ދެނަމުން ޤުރްއާނުގައި ﷲ ތަޢާލާ ޤުރްއާން ސިފަކުރައްވާފައިވެ އެވެ.
﴿ إِنَّهُ لَقُرْآنٌ كَرِيمٌ ﴾ – الواقعة 77
ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރްއާންކަން ކަށަވަރެވެ.
﴿ بَلْ هُوَ قُرْآنٌ مَّجِيدٌ ﴾ – البروج 21
އަދި ކިއެއްތަ އެއީ މާތް ޤުރްއާން އެވެ.
ޤުރްއާނުގައި ﷲ ތަޢާލާ ޞިފަކުރައްވާފައިވާ ޞިފަފުޅަކުން ޤުރްއާން ސިފަ ކުރުމަކީ އެއްވެސް މައްސަލައެއް އެކަމުގައި އޮތް ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހީކުރާ ފަދައިން ޤުރްއާން މަޖީދާއި ޤުރްއާން ކަރީމަކީ އެއީ އޭގައި އެއްވެސް ތަފާތެއް ހުންނަ ފޮތެއް ނޫނެއެވެ. އެއީ ޤުރްއާން ޞިފަކުރުމަށްޓަކައި ބޭނުންކުރާ ދެ ނަމެކެވެ. މާނައަކީ “މާތް” އެވެ. މާތް ޤުރުއާނެވެ ބުނުމަށްޓަކައި ބޭނުންކުރާ ދެ ލަފުޒެވެ. ވަﷲ އަޢުލަމް
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.