Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން މަރަދޫފޭދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހާޒިރު ކުރަން އަައްޑޫ މަރަދޫފޭދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު މޮޑެންހައުސް، މުޙައްމަދު އަޒުލީމް، 47، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރޫ

ކޯޓަށް ހުށަހަޅިފައިވާ މައްސަލައަކާ ގުޅިގެން ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:50 އަށް ސިވިލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ އަޒުލީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.