އިސްލާމިކް މިނިސްޓްރީން ބާއްވާ މި އަހަރުގެ "މީޑިއާ މައުރަޒު" މާދަމާ ފަށަން ނިންމައިފި އެވެ.
މީޑީއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ދެ ދުވަހުގެ މުއްދަތަށްވާ މި މައުރަޒު ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯ އާއި އެ މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ 'މީޑިއާ މައުރަޒު" އަކީ މިނިސްޓްރީން ޚާސިލްކުރުި ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާއި، އެތަނުގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށް ދިނުމަށް ބާއްވާ މައުރަޒެކެވެ.
މި މައުރަޒުގައި ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް ސެކްޝަންތަކާއި ގުޅޭ މަސައްކަތްތަކާއި ބެހޭ ސުވާލުތައް ކުރުމާއި މަޢުލޫމާތު ހޯދުމުގެ ފުރުސަތު ވެެސް ލިބޭނެ އެވެ.
"މީޑިއާ މައުރަޒު" ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ.އެ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޒިޔާރަތްކޮށްފައިވެ އެވެ.