Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

ބޮބީގެ އާ ސީރީޒެއް، ނަމަކީ 'ތީން ކައުވޭ'

'ތީން ކައުވޭ" ކިޔާ ވެބް ސީރީޒަކަށް އެކްޓަރު ބޮބީ ޑިއޯލް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ މިއީ ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރްގެ ރޯއި ކަޕޫރް ފިލްމްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ހަދަން ހަމަޖެހިފައިވާ ސްޕައި ތުރިލާ ސީރީޒެއް ކަމަށެވެ. ސިދާތަކީ މަޝްހޫރު ބަތަލާ ވިދިއާ ބަލަންގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު އަދިތިޔާ ރޯއި ކަޕޫރްގެ ބޭބެ އެވެ.

"ތީން ކައުވޭ" އިން ބޮބީއާ އެކު ފެންނާނެ ތަރިންގެ ތެރޭގައި ފާތިމާ ސަނާ ޝައިހާއި ސިދާންތު ގުޕްތާ އަދި ޗާންދުނީ ބައިންޒް ހިމެނެ އެވެ.

ނަމަވެސް މި ސީރީޒް ޑައިރެކްޓް ކުރަނީ ކާކުކަމާއި ޝޫޓިން ފަށާނެ އިރެއް އަދި ހާމައެެއް ނުކުރެ އެވެ. ނަމަވެސް މީޑިއާތަކުން ބުނީ "ތީން ކައުވޭ" ވާނީ ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ވަރަށް ގިނަ ހާދިސާތަކެއް ދައްކުވައި ދޭނެ، ވަރަށް ވެސް ޝައުގުވެރި ސީރީޒަކަށް ކަމަށެވެ.

މި ފަހުން ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ބޮބީ އަކީ ކުރިން ވެސް ވެބް ސީރީޒްތަކެއް ކުޅެފައިވާ އެކްޓްރަކެވެ. އޭނަގެ އެންމެ ފަހުގެ ސީރީޒަކީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް، ސެޕްޓެމްބަރުުގައި ނެޓްފްލިކްސް އަށް ދޫކޮށްލި "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ.