އިންޑިއާ އާއި ދިވެހި ސިފައިންގެ "އެކުވެރިން" ތަމްރީނު އިންޑިއާގައި ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އިއްޔެ ފެށި އެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 16 އާ ހަމައަށް ކަމަށެވެ. މި ތަމްރީނުގައި އެމްއެންޑީއެފް މެރީން ކޯގެ 45 ސިފައިން ބައިވެރިވެ އެވެ.
ތަމްރީނުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވާ ސިފައިންގެ ކޮމާންޑަރަކަށް ހަމަޖެއްސީ މެރިން ކޯ ހެޑްކްއޯޓާސް އޮޕަރޭޝަންސް އަދި ޓްރެއިނިން އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރު، މޭޖާ އަބްދުލް ހަސީބް އިބްރާހީމެވެ.
ދެ ގައުމުން ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވަމުން އަންނަ "އެކުވެރިން" ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ 2014 އިން ފެށިގެންނެވެ. އަހަރެވެ. އޭގެ ފަހުން މިހާތަނަށް އޭގެ 8 ޕްރޮގްރާމް ކުރިއަށް ގެންގޮސްފި އެވެ.
އެގޮތުން ކުރިން ލ. ކައްދު އާއި ޅ. މާފިލާފުށީގައި އެކި ފަހަރުމަތިން "އެކުވެރިން" ތަމްރީނު ބާއްވާފައިވެ އެވެ.