Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ވެލިދު އަށް މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް

ނ. ވެލިދު އަށް ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.

ގައުމީ އެއާލައިނުން ބުނީ އެ އެއާލައިނުން ސީޕްލޭންގެ ހިދުމަތް ފަށާ ދެވަނަ މަންޒިލަކީ ވެލިދޫ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 23 ގައި ދަތުރުތައް ފަށަން ނިންމާފައިވާ އިރު، ކޮންމެ ހަފުތާއެއްގެ ބުދަ އާއި ހުކުރު ދުވަހު ވެލިދު އަށް ދަތުރުތައް އޮންނާނެ އެވެ.

ވެލިދު އަށް ސީޕްލޭންގެ ޓިކެޓްގެ އަގަކީ ދިވެހިންނަށް ކޮޅަކަށް 999ރ. އެވެ. ޓިކެޓް ބުކިންސް އަށް ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ.

މޯލްޑިވިއަނުން ފުރަތަމަ ސީޕްލޭންގެ ހިދުމަތް މިދިޔަ ސެޕްޓެމްބަރުގައި ފެށީ ބ. ކަމަދުއަށެވެ. އެ ދުމަތް ފެށީ ހޯކްސް ހޮޓެލާ ގުޅިގެންނެވެ.