Last Updated: July 23, 10:00
Thursday, July 23, 2026
ޚަބަރު

މަހްލޫފަށް ޖަޕާން ސަފީރުކަން ދީފި

ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެ އެވެ. މަހްލޫފް ސަފީރަކަށް އައްޔަންކުރި އިރު، އޭނަ ސެޕްޓެމްބަރު މަހު އެމްޑީޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ މަހުގެ 14 ގަ އެވެ.

މަހްލޫފް ސަފީރުކަމަށް ޢައްޔަންކުރީމިކަމަށްޓަކައި މިއަދު ހެނދުނު ރައީސް ލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނައާ މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.