އަވަަސްއެޕާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
ގައުމީ ބޭންކުން ބުނީ ބުނީ އަވަސް އެޕަށް އެ ޕްރޮމޯޝަންގައި ބީއެމްއެލްގެ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ނުވަތަ ޕްރިޕެއިޑް ކާޑު އެޑްކުރުމަށް ފަހު ކުރާ ފުރަތަމަ ދަތުރަށް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
އަދި ބީއެމްއެލް ކާޑު އަވަސްއެޕަށް އެޑްކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ދެ ކަސްޓަމަރަކާއި ދެ ޑްރައިވަރުންނަށް 250ރ. ގެ ގިފްޓް ކާޑެއް ވެސް ޕްރޮމޯޝަންގެ ތެރޭގައި ލިބޭނެ އެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 11 އާ ހަމަައަށް ކުރިއަށް ދާނެ އެވެ.
އަވަސް އެޕަލީ އޮންލައިކޮށް ޓެކްސީތަކަށް އޯޑަރުކޮށް ފައިސާ ދެއްކޭ އަދި ރެސްޓޯރެންޓްތަކާއި ކެފޭތަކަށް ވެސް އޯޑަރުކުރެވޭ ހިދުމަތެކެވެ.