Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

އޮޕަރޭޝަން އަލިމަގު: އައްޑޫން ޑްރަގް ބޮޑެއް ހައްޔަރަށް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ދާދި ފަހުން ފެށި "އޮޕަރޭޝަން އަލިމަގު" ގެ ދަށުން އައްޑޫ އިން ޑްރަގުގެ ބޮޑެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އޮޕަރޭޝަންގެ އއްޔެ ހައްޔަރު ކުރި މީހާ އަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސް މީހެއް ކަމަށެވެ. އޭނަ ހައްޔަރުކުރު އިރު، އޭނަ އަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފަށާފައި ވަނީ މި އަހަރުގެ މާޗު މަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ނެޓްވޯކުގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށާއި އަދި ފާއިތުވި ފަސް އަހަރު އެ ނެޓްވޯކުގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޮޕަރޭޝަން އަދިވެސް ކުރިއަށްދާތީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުން ދާނެ ކަމަށވެ.

"އަލިމަގު އޮޕަރޭޝަން" ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެގޮތުން 100 އަށްވުރެ ގިނަ މީހުން ހައްޔަރު 29 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.