Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

މަރަދޫ ހުޅަނގުން ކަނދުފަތި ގާއިމުކޮށްފި

އައްޑޫ މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި ދޮށީ ކަނދުފަތި ގާއިމްކޮށްފި އެވެ.

އެ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގައި ޝާމިލްވާ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ވެސް ލިބޭނެ ކަމަށް މިނިސްތްރީން ބުންޏެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް ވެސް ފަށާފައިވެ އެވެ. ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމު ކުރަން ވެސް ނިންމާފައިވެ އެވެ.

އެގޮތުން ގާއިމުކުރާ ފުރަތަމަ ސެންޓަރު ށ. ފުނަދޫގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.