Last Updated: July 12, 13:41
Sunday, July 12, 2026
ޚަބަރު

ސްކޫލް ޔުނިފޯމަށް ގެންނަ ބަދަލު ހިއްސާކޮށްފި

ދެހާސް ހަތާވީހުން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމު ގެންނަން ނިންމި ބަދަލު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކާ ހިއްސާކޮށްފި އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ބަދަލު ގެންނަނަން އެއް މިންގަނޑެއް ހިފަހައްޓައި، ފަސޭހަކަމާ އެކު ޔުނިފޯމު ލބުމުގެ މަގުފަހިކޮށް ދޭން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝައިފީޢު ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރު ސްކޫލުތަކުގައި ދަރިވަރުން ބޭނުން ކުރާ ޔުނިފޯމަކީ، ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާ އެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ، އެއްޗަކަށް ވާން ޖެހޭ ކަމަށެވެ. އަދި، ބެލެނިވެރިންނަށް ފަސޭހަކަމާ އެކު ޔުނިފޯމު ލބުމުގެ މަގުފަހިކޮށްދޭން އިސްކަންދޭ ކަމަށާއި ޔުނިފޯމުގައި އެއްމިންގަނޑެއް ހިފެހެއްޓުމަކީ ސިޔާސަތު ކަމަށް ވިދާޅުވި ވެ.

އެގޮތުން ޔުނިފޯމުގެ މަތީ ބައިގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައި ވާނީ، މިނިސްޓްރީގެ ކުލަ އާއި ޤައުމީ ދިދައިގެ ކުލަތަކަށް ނިސްބަތްވާ ގޮތަށް ކަމަށް ބުންޏެވެ. އަދި ޔުނިފޯމްގެ ތިރީ ބައިގައި ގަދަ ލަތަކެއްގައި ބެހެއްޓުމަށް ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެއް ނެތް ކަޅުކުލައިގެ ޓްރެކްސޫޓެކެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު ސްކޫލުތަކުގެ ޔުނިފޯމު އުސޫލަށް ބަދަލުތައް ގެނައުމުގައި ސްކޫލުތަކުގެ އިސްވެރިންނާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެ އެވެ.

ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، އެންމެ ބޮޑު ބަދަލެއް ގެނައީ ރަސްމީ ޔުނީފޯމަށެވެ. ރަސްމީ ޔުނީފޯމުގެ ކުލައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ހަތަރު ކުލައެކެވެ. އެއީ، ހުދާއި ސްކައި ބްލޫ އާއި ޓީ ގްރީން އާއި ލައިޓް ރެޑެވެ. ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫނާއި ސްކާޓާއި ސޯޓް) ގެ ކުލަ އަކީ ކަޅު ނޫނީ ނޭވީ ބްލޫ އެވެ.

މި ގެނައި ބަދަލުގައި ކުލަތައް އިޚްތިޔާރު ކުރުން ދޫކޮށްލާފައި ވަނީ އެ ސްކޫލަކަށެވެ.

ސްކޫލްތަޖުގެ އެކްޓިވިޓީ ޔުނީފޯމުގެ މަތި އެ ސްކޫލެއްގެ ކުލައިން ލެވޭއިރު، ތިރިންލާން ބޭނުން ކުރެވެނީ ޑިޒައިނެއް ނެތް ކަޅުކުލައިގެ ޓްރެކްސޫޓެކެވެ.

ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމު ކުލައިގެ ގަދަ ކުލައެއް ބުރުގާއަށް ބޭނުން ކުރެވޭނެއެވެ. އެއީ ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ ބޭނުން ކުރުމެވެ. ނޫނީ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ބޭނުން ކުރެވޭނެ އެވެ.