Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

އާ ލޯބިވެރިޔާއާ މައިލީ އެންގޭޖްވެއްޖެ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އޭނަގެ މިހާރުގެ ލޯބިވެރިޔާ މެކްސް މޮރާންޑޯއާ އެންގޭޖްވެއްޖެ އެވެ.

މި ދެ މީހުންގެ އެންގޭޖްވެފައިވާ ވާހަކަ ދެކެވެން ފެށީ މި މަހުގެ 19 ގައި ރަސްމީކޮށް ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމު "އެވަޓާ: ފަޔާ އެންޑް އޭޝް" ގެ ޕްރީމިއާ ކުރަން މިދިޔަ ހޯމަ ދުވަހު ލޮސް އެންޖެލިސްގައި ބޭއްވި އިވެންޓްގައި އެކީގައި ބައިވެރިވި އިރު، މައިލީގެ އަތުން އެންގޭޖްމަންޓް އަނގޮޓި ފެނުމާ ގުޅިގެންނެވެ.

އޭރު އެ ވާހަކަ ދެކެވެން ފެށުމާ އެކު ފަހުން މީޑިއާތަކުން ވަނީ މައިލީ އާއި މެކްސް އެންގޭޖްވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ބުނެފަ އެވެ. މި ދެ މީހުން ރައްޓެހިވީ 2021 ގަ އެވެ.

މައިލީ، 33، އަކީ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ ފަންނާނެކެވެ. އޭނަގެ ކުރީގެ ފިރިމީހާ އަކީ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ ކޮއްކޮ، ލިއަމް ހެމްސްވޯތެވެ. މައިލީ އާއި ލިއަމް 2018 ގައި ކުރި ކައިވެނި ރޫޅައިލީ 2020 ގަ އެވެ.

މައިލީގެ އާ ބައިވެރިޔާ މެކްސް، 27، އަކީ މިއުޒިކް ޕްރޮޑިއުސަރެއްގެ އިތުރުން ލިރިސިސްޓެކެވެ. ތިން ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ މައިލީގެ 2023 ގެ އަލްބަމް "ދި އެންޑްލެސް ވެކޭޝަން" ދެ ލަވައެއް ކޯ-ޕްރޮޑިއުސްކޮށް އޭގެ ދެ ލަވައެއްގެ ޅެމުގައި ވެސް އޭނަ ހިއްސާވެފައިވެ އެވެ. އެ ދެ ލަވަ އަކީ "ހޭންޑްސްޓޭންޑް" އާއި "ވައިލެޓް ކެމިސްޓްރީ" އެވެ.

ބަތަލާއެެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މައިލީގެ އެންމެ ފަހުގެ އަލްބަކީ މި އަހަރުގެ މެއިގައި ނެރުނު "ސަމްތިން ބިއުޓިފުލް" އެވެ. މިއީ އޭނަގެ 9 ވަނަ ސްޓޫޑިއޯ އަލްބަމެވެ.