Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ހުޅުދޫގެ އިރުން ވަދު ކަނދުފައެއްޗެއް ގާއިމުކޮށްފި

އައްޑޫ ހުޅުމީދޫ އިރުން ފަސް މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފި އެވެ.

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރައި އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ވަދު ކަނދުފަތި ގާއިމު ކުރުމަކީ މަސްވެރިކަން ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމު އަންނަ މުހިންމު މަސައްކަތެކެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ގާއިުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.