ބުޅަލަކީ ނަޖިސް އެއްޗެއް ނޫނެވެ. ބުޅާ ކައިފައި ހުންނަ ކާބޯތަކެތި އަދި ބުޅާ ބޮއިފައި ހުންނަ ދިޔާތަކެއްޗަކީ ވެސް އެބުއިމުގެ ސަބަބުން އޭގެ ތާހިރުކަމަށް އެއްވެސް ބަދަލެއް އަންނަ އެއްޗެއް ނޫނެވެ.
أن امرأة أرسلت بِهَرِيسَةٍ إِلَى عَائِشَةَ رَضِيَ اللَّهُ عَنْهَا فَوَجَدَتْهَا تُصَلِّي فَأَشَارَتْ إِلَيَّ أَنْ ضَعِيهَا فَجَاءَتْ هِرَّةٌ فَأَكَلَتْ مِنْهَا فَلَمَّا انْصَرَفَتْ أَكَلَتْ مِنْ حَيْثُ أَكَلَتْ الْهِرَّةُ فَقَالَتْ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ((إِنَّهَا لَيْسَتْ بِنَجَسٍ إِنَّمَا هِيَ مِنْ الطَّوَّافِينَ عَلَيْكُمْ)) وَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ بِفَضْلِهَا. [سنن أبى داود (69) وصححه الألباني في “صحيح أبي داود” وغيره.]
އަންހެނަކު ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ހަރީސާ (ކާނާގެ ބާވަތެއް) ފޮނުއްވިއެވެ. އެހިނދު އޭނާއަށް ފެނުނީ ޢައިޝާ ރަޟިޔަﷲ ޢަންހާ ނަމާދު ކުރައްވަން ހުންނަވަނިކޮށެވެ. އޭތި އެތަނުގައި ބެހެއްޓެވުމަށް އެކަމަނާ އިޝާރަތް ކުރެއްވިއެވެ. ދެން ބުޅަލެއް އައިސް އެއިން ބައެއް ކައިފި އެވެ. ފަހެ، އެކަމަނާ ނަމާދުން އަވަދިވެވަޑައިގަތުމުން އެ ބުޅާ ކޭތަނުން އެކަމަނާ ފަރިއްކުޅުއްވި އެވެ. އަދި ވިދާޅުވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ. “ހަމަކަށަވަރުން އެއީ (ބުޅަލަކީ) ނަޖިސް އެއްޗެއް ނޫނެވެ. ތިޔަބައިމީހުންގެ ތެރެއަށް ވަދެ ނުކުމެ އުޅޭ އެއްޗެކެވެ.” އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ބުޅަލެއް ބޮއިފައި ބާކީ ހުރި ފެނުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫ ކުރައްވަނިކޮށް ތިމަންކަމަނާ ދުށީމެވެ.”
وفي رواية له (68) عَنْ كَبْشَةَ بِنْتِ كَعْبِ بْنِ مَالِكٍ وَكَانَتْ تَحْتَ ابْنِ أَبِي قَتَادَةَ أَنَّ أَبَا قَتَادَةَ دَخَلَ فَسَكَبَتْ لَهُ وَضُوءًا فَجَاءَتْ هِرَّةٌ فَشَرِبَتْ مِنْهُ فَأَصْغَى لَهَا الْإِنَاءَ حَتَّى شَرِبَتْ قَالَتْ كَبْشَةُ فَرَآنِي أَنْظُرُ إِلَيْهِ فَقَالَ أَتَعْجَبِينَ يَا ابْنَةَ أَخِي فَقُلْتُ نَعَمْ فَقَالَ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ((إِنَّهَا لَيْسَتْ بِنَجَسٍ إِنَّهَا مِنْ الطَّوَّافِينَ عَلَيْكُمْ وَالطَّوَّافَات))
[وصحح الروايتين : البخاري والدارقطني وغيرهما كما في ” التلخيص لابن حجر” (1/15)]
އަދިވެސް އަބޫދާއޫދުގެ އެހެން ރިވާޔަތެއްގައިވެ އެވެ.
އިބްނު އަބީ ޤަތާދާގެ އަނބިކަނބަލުން ކަބްޝާ ބިންތު މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. އަބޫ ޤަތާދާ ވުޟޫކުރުމަށްޓަކައި އެކަމަނާ ކަންވާރަކަށް ފެން އަޅުއްވައި ދެއްވި އެވެ. ދެން ބުޅަލެއް އައިސް އޭގެން ފެން ބޮއެފި އެވެ. އެ ބުޅަލަށް ފެން ބުއިން ފަހިކުރުމަށްޓަކައި އޭނާ އެ ކަންވާރު އަރިކޮށްލި އެވެ. ކަބްޝާ ވިދާޅުވި އެވެ. “އަހުރެން އޭނާއާ ދިމާލަށް ބަލަން ހުރިތަން ފެނިގެން އޭނާ ބުންޏެވެ. އޭ މަގޭ އަޚާގެ ދަރިފުޅާ އެވެ! ތިބާ ޢަޖައިބުވީ ހެއްޔެވެ؟” އަހުރެން ބުނީމެވެ. “އާއެކެވެ.” އޭނާ ވިދާޅުވި އެވެ.
“ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ބުޅަލަކީ ނަޖިސް އެއްޗެއް ނޫނެވެ. އެއީ ތިޔަބައިމީހުންގެ ތެރެއަށް އަންހެން އަދި ފިރިހެން ޚާދިމުން ވަދެ ނުކުމެ އުޅޭ ފަދައިން ވަދެ ނުކުމެ އުޅޭ އެއްޗެކެވެ.”
ބުޅަލެއް ތައްޓަކުން ފެން ބޮއެފި ނަމަ ނުވަތަ ކައިފިނަމަ އެ އެއްޗެއް ނަޖިހެއް ނުވާނެ އެވެ. އަދި އެ ތަށީގެ ވެރި ފަރާތަކަށް އިޚްތިޔާރު ލިބިގެންވެ އެވެ. ފަހެ އޭނާ ބޭނުން ނަމަ ނުވަތަ އެ ކާބޯ ތަކެއްޗަށް އޭނާ ބޭނުން ޖެހިފައިވާ ނަމަ އޭނާ އަށް އެއިން ކެވިދާނެ އެވެ. އެހެނަސް އެކަމުން އިސްތިޘްނާ ކުރެވޭ ޙާލަތަކީ އެއިން ހަށިގަނޑަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ޙާލަތެވެ.
އޭނާ އެއިން ކެއުމަށް ބޭނުންނުވާނަމަ އޭނާއަށް އެ ނުކައި ދޫކޮށްލެވިދާނެ އެވެ.
އެއިން ގެއްލުން ލިބޭނެކަން ކަށަވަރުވެފައިވާ ނަމަ، މިސާލަކަށް އެ ބުޅަލަކީ ބަލި ބުޅަލެއް ނަމަ ނުވަތަ އޭގެ ސަބަބުން ބައްޔެއް ގަޔަށް އަރާފާނެ ކަމަށް ބިރުހީވެއްޖެ ނަމަ އެފަދަ ބުޅާ ގެންގުޅުމުގައި ރައްކާތެރިވާން ޖެހޭނެ އެވެ. އަދި ކާބޯތަކެއްޗާ ގާތްވިޔަ ދީގެން ނުވާނެ އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.