Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ކޮމިއުނިސްޓް ޕާޓީއާއެކު ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ(ސީޕީސީ)ގެ އިސް ބޭފުޅުންގެ ވަފްދެއް ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ، ސީޕީސީ ސެންޓްރަލް ކޮމިޓީގެ 20ވަނަ ދައުރުގެ 4 ވަނަ ޕްލީނަރީ ސެޝަންގެ ނަތީޖާތަކާ ބެހޭގޮތުންނާއި، އަދި ދެ ގައުމުގެ ގުޅުމާއި، ދެ ޕާޓީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނެވެ.

ޗައިނާގެ ވަފްދުގެ އިސްވެރިއަކީ އައިޑީސީޕީސީގެ އިންފޮމޭޝަން ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ކަންގް ޝުއައި އާއި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ އެވެ.

ޕީއެންސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ، ޕާޓީގެ ނައިބު ރައީސުން ކަމަށްވާ، އާދަމް ޝަރީފް ޢުމަރާއި، ސިނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއުގެ އިތުރުން މުހައްމަދު ނިމާލާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.