Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ނިދުމުގެ އަދަބުތައް

*ނިދުމުގެ ކުރިން ނިދުމުގެ މަޤްސަދާއި ނިޔަތް ޞާލިޙު ކުރުން (އަޅުކަމުގައި ހީވާގި ވުމަށާއި، ދުނިޔަވީ ޙަލާލު ރިޒްޤު ހޯދުމަށް ކުރާ މަސައްކަތުގައި ޖިސްމަށް ހަކަތަ ހޯދުމަށާއި، ޖިސްމަށް އަރާމާއި ރާހަތު ލިއްބައި ދިނުމުގެ މަޤްސަދުގައި ނިދުން)
* ނިދުމުގެ ކުރިން ދަތް އުނގުޅައި، މޫނާއި އަތް ފައި ދޮވެލުން ނުވަތަ ވުޟޫކުރުން
*ނިދަން އޮށޯތުމުގެ ކުރިން ބިސްމި ކިޔައި އެނދު ތަންމަތި ފޮޅާލުން
* ކަނާތު ކޯތާފަތް ދަށަށް ކަނާތްތިލަ ލައިގެން، ކަނާތް ފަރާތަށް އަރިއަކަށް ނިދަން އޮށޯތުން
* ނިދުމުގެ ކުރިން ދުޢާތަކާއި ޒިކުރުތައް ކިޔުން
*ނިދުމުގެ ކުރިން އިޚްލާސް، ފަލަޤް ނާސް ތިން ސޫރަތް ކިޔަވައި ދެއަތްތިލައަށް ފުމެލުމަށްފަހު ހަށިގަނޑުގައި އަތް ހިންގާލުން
*ބަނޑު ވަތަށް ނިދަން އޮށޯވެ ނޯތުން
* އެކަނި ނުނިދުން
*ބަޔަކާ އެކީ ކޮޓަރިއެއްގައި ނިދާ ނަމަ ޢައުރައަށް ރައްކާތެރިވުން
*ހިތާމަވެރި ނުވަތަ ބިރުވެރި ހުވަފެނެއް ފެނިއްޖެނަމަ އަޢޫޛު ކިޔައި ވާތް ފަރާތަށް ތިން ފަހަރަށް ފުމެ، ނިދަން އޮށޯވެ އޮތް
ގޮތް ބަދަލުކޮށްލުން
* ބިރުވެރި ހިތާމަވެރި ހުވަފެންތަކުގެ ވާހަކަ އެހެން މީހުންނާއި ހިއްސާނުކުރުން
* ހިތް އުފާވާފަ ދަ ހުވަފެނެއް ފެނިއްޖެ ނަމަ ﷲ އަށް ޙަމްދުކޮށް، ހެޔޮއެދޭ ލޯބިވާ ފަރާތްތަކާއި މެނުވީ އެ ހުވަފެން ހިއްސާ ނުކުރުން

* ނިދީގައި ސިއްސައިގެން ހޭލެވޭ ހިނދު އަންނަނިވި ދުޢާކުރުން: [لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ، اللَّهُمَّ اغْفِرْ لِي] ނުވަތަ ތެދުވެ ވުޟޫކޮށްގެން ނަމާދުކުރުން
*ބާލިޣުވާ އުމުރުގެ ދެޖިންސު ކުދިން އެއް ތަންމައްޗެއްގައި ނުނިންދެވުން
*ޖުނުބުވެރިވެފައިވާ ޙާލަތުގައި ހިނައިގަތުން ފަތިހަށް ފަސްކުރަން ބޭނުންވާ މީހާ ނިދުމުގެ ކުރިން ވުޟޫކުރުން
* ނިދުމުގެ ކުރިން ބިސްމި ކިޔައި ދޮރުތައް ލެއްޕުމާއި، ކަންވާރުތަކުގައި މަތިޖަހައި އަލިފާން ނިއްވައިލުން
*ޖިސްމަށް ބޮޑު ގެއްލުމެއް ލިބިދާނެފަދަ ރައްކާތެރިކަމެއް ނެތް ފުރާޅުތަކާއި ޓެރެސް ފަދަ ތަންތަނުގައި ނިދާ ނެހެދުން
*ޢިޝާ ނަމާދު ކުރިން ނުނިދުން
* ޢިޝާ ފަހުން ކަންކަމުގައި މަޝްޣޫލުނުވެ ލަސްނުކޮށް އަވަހަށް ނިދުން
* ނިދުމުގެ ކުރިން މުސްލިމް އަޚުންނާއި އުޚްތުންގެ މައްޗަށް ހިތް ސާފުކުރުން
* ދަމު ނަމާދަށް ހޭލުމުގެ ޤަސްދުގައި ނިދުން
* ދަމު ނަމާދަށް ހޭނުލެވޭހެން ހީވާނަމަ ވިތުރި ކޮށްގެން ނިދުން
* ދަމު ނަމާދަށް ހޭލެވޭ ހިނދު ގޭގެ އަހުލުންނަށް ވެސް ނަމާދަށް ގޮވުން
* ނިދިން ހޭލައިގެން ދުޢާތަކާއި ޒިކުރުތައް ކިޔުން
* ނިދައި ހޭލައިގެން ދަތް އުނގުޅުން

ނޯޓް: މިއީ ޝައިހް އަޙްމަދު ރިމާޒްގެ ލިޔުއްވުމެކެވެ.