Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

'މިސިޒް ދޭޝްޕާންޑޭ' ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ސީރިއަލް ކިލާއެެއްގެ ރޯލު ކުޅެފައިވާ ސީރީޒް "މިސިޒް ދޭޝްޕާންޑޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ މިހާތަނަށް މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ 58 އަހަރުގެ ބަތަލާ މިހާ ޑާކް ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. "މިސިޒް ދޭޝްޕާންޑޭ" ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ގަ އެވެ. އަދި މި ގެނެސްދޭނީ ޖިއޯ ހޮޓްސްޓާއިންނެވެ.

"މިސިޒް ދޭޝްޕާންޑޭ" އަކީ "ބޮލީވުޑް ކޯލިން" އާއި "އިގްބާލް" އާއި "ދޯރް" އަދި "އާޝާޔޭ" ފަދަ ފިލްމުތައް ގެނެސްދިން ނާގޭޝް ކުކްނޫރް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މި ސީރީޒް ހަދާފައި ވަނީ ނެޓްފްލިކްސް އިން 2017 ގައި ގެނެސްދިން ފްރާންސްގެ މަގުބޫލު ތުރިލާ ސީރީޒް "ލަ މެންޓޭ" އަސްލަކަށް ބަލައިގެންނެވެ.

"މިސިޒް ދޭޝްޕާންޑޭ" ގެ ކާސްޓްގައި ސިދާތު ޗަންދޭކަރާއި ޕްރިޔަންޝޫ ޗެޓަޖީ ވެސް ހިމެނެ އެވެ.

މިއީ މަދޫރީގެ ދެވަނަ ވެބް ސީރީޒެވެ. އޭނަގެ ފުރަތަމަ ސީރީޒަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން 2022 ގައި ނެޓްފްލިކްސް އަށް ގެނެސްދިން "ދަ ފޭމް ގޭމް" އެވެ. މަދޫރީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "މާ، ބެހެން" އެވެ.