ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވައިލަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވައިލަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު އިސްލާމީ މަރުކަޒުގައި ފަށާ މި އހަރުގެ "މީޑިއާ މައުރަޒު" ގެ ތެރޭގައި ކަމަށެވެ.
އެގޮތުން ޒުވާން ޚަތީބުންގެ ކުރިއަށް އޮތް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ޒުވާނުން ރަޖިސްޓްރީކޮށް ދޭން ފަށާނެ އެވެ.
"މީޑިއާ މައުރަޒު" ކުރިއަށް ގެންދާނީ މިއަދާއި މާދަމާއަށެވެ.
މިއަދު ހަވީރު 4:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މައުރަޒު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު 4:00-6:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00-6:00 އަށް މީޑިއާ މައުރަޒު ކުރިއަށް ދާނެ އެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށް އެންމެ ކާމިޔާބު އެއް ޕްރޮގްރާމެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން ތަމްރީނުކޮށް، ސަނަދު ދީފައިވެ އެވެ.