ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން އިންޑިއާ އަށް ވަޑައިގެންފި އެވެ.
އޭނަ ރޭ އިރާކޮޅު އިންޑިއާ އަށް ވަޑައިގަތުމުން ނިއު ދިއްލީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. ދެ ދުވަހުގެ މުއްދަތަށް ޕުޓިން އިންޑިއާ އަށް ކުރައްވާ މި ދަތުރުތަކީ ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން މަޝްވަރާ ކުރައްވަން ކުރައްވާ ދަތުރެކެވެ. އެގޮތުން މިއީ 'އިންޑިއާ-ރަޝިއާ' ގެ ސަމިޓްގެ 23 ވަނަ އެޑިޝަނެވެ.
މި ސަމިޓްގައި ދިފާއީ ގޮތުންނާއި ވިޔަފާރީގެ ދާއިރާ އިން ދެ ގައުމުން އިތުރަށް ގުޅުން ބަދަހި ކުރަން މަޝްވަރާކޮށް، އެއްބަސްވުންތަކެއްގައި ސޮއި ކުރަން ވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން ދެ ގައުމުގެ މެދުގައި ބާއްވާ ރަސްމީ މަޝްވަރާތައް ފަށާނީ މިއަދު ހައިދަރުއާބާދު ހައުސްގަ އެވެ.
ޕުޓިންގެ އަރިހުގައި އެ ގައުމުގެ ސަކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަނެ އެވެ.
ރަޝިއާ އާއި އިންޑިއާ އަކީ ޒަމާންވީ ވަރަށް ގާތް އެކުވެރި ދެ ގައުމެވެ.