Last Updated: July 7, 18:18
Tuesday, July 7, 2026
ޚަބަރު

މުހައްމާ އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެނީ

މަޝްހޫރު ކޮމެޑީ އެކްޓަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

މުހައްމާ އަށް ރޭގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އޭނަ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރެއްވި މުހައްމާ އެންމެ ފަހުން ހުރީ މި ސަރުކާރުން އުވައިލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމުގަ އެވެ.

މުހައްމާ އަކީ އެކްޓަރެއްގެ އިތުރުން އިތުރުން "ދެކެދެކެ ވެސް" ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެެއް ހިންގައި، ފިލްމު ޕްރޮޑިއުސް ވެސް ކުރަމުން އަންނަ މީހެކެވެ.