ހޮލީވުޑްގެ މަޝްހޫރު ފިލްމު ސްޓޫޑިއޯ ވޯނާ ބްރޮސް ޑިސްކަވަރީ، މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އަށް ވިއްކައިލަން ނިންމައިފި އެވެ
ވޯނާ ބްރޮސް އާއި އެތަނުގެ ދަށުން ހިންގަމުން އަންނަ ސްޓްރީމިން ހިދުމަތް، އެޗްބީއޯ މެކްސް ވިއްކައިލަން ނިންމީ 72 ބިލިއަން ޑޮލަރަށެވެ. ވޯނާ ބްރޮސް ވިއްކައިލަން ބީީލަމަށް ހުޅުވައިލުމުން ބިޑްކުރި ކުންފުނިތަކުގެ ތެރޭގައި ޕެރަމައުންޓް ސްކައި ޑާންސް އާއި ކޮމްކާސްޓް ވެސް ހިމެނެ އެވެ.
ވޯނާ ބްރޮސް އަކީ ހޮލީވުޑްގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯ އެވެ. މަޝްހޫރު ފިލްމު ސީރީޒް "ހެރީ ޕޮޓާ" އާއި މަޝްހޫރު ސީރީޒް "ގޭމް އޮފް ތުރޯންސް" އަކީ އެތަނުގެ އުފެއްދުންތަކެވެ.