Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ގައްދޫ ހޮސްޕިޓަލް އިމާރާތް ކުރަން ފަށައިފި

ގދ. ގައްދޫގައި ހަދަން ނިންމި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެތަނުގެ މަސައްކަތް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އާއި މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ގައްދޫ ކައުންސިލް މެންބަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ދެ ބުރިއަށް އިމާރާތްކުރާ ގައްދޫ އާ ހޮސްޕިޓަލަކީ 30 އެނދުގެ ތަނެކެވެ. މި މަޝްރޫޢަށް 101.70 މިލިއަން ރުފިޔާ ހޭދަކުރާ އިރު، މަސައްކަތް ނިންމަން ދީފައި ވަނީ 600 ދުވަހެވެ.

މިހާތު 2،700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި ޞިއްޙީ ޚިދުމަތް ދެނީ ޞިއްޙީ މަރުކަޒަކުންނެވެ.