Last Updated: June 26, 14:38
Friday, June 26, 2026
މުނިފޫހިފިލުވުން

އަރިއަން އަށް މޮޅު ޑައިރެކްޓަރުގެ އެވޯޑް

ދާދި ފަހުން ގެނެސްދިން ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އިިން އަރިއަން ޚާނަށް މޮޅު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް އޭނަ ލިބިއްޖެ އެވެ.

މަޝްހޫރު ތަރި، ޝާހްރުކް ޚާންގެ ދަރިފުޅަށް އެ އެވޯޑް ލިބުނީ ރޭ ބޭއްވި 'ހަންގާމާ އޯޓީޓީ އެވޯޑްްސް' ގަ އެވެ. އެގޮތުން އަރިއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބުނީ އެންމެ މޮޅު އޮރިޖިނަލް ސީރީޒް ގެނެސްދީގެންނެވެ. މިދިޔަ ސެޕްޓެމްބަރު 18 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި 7 އެޕިސޯޑްގެ "ދަ ބޭޑްސް އޮފް ބޮލީވުޑް" އަކީ އަރިއަން ލިޔެ، ޑައިރެކްޓްކުރި އެއްޗެކެވެ.

އޭނަގެ ފުރަތަމަ މަސައްކަތުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް އުފުލާލުމުގެ ޝަރަފު ލިބުނު އޯޓީޓީ އެވޯޑްސްގައި ލިބުނު އިރު، "ބޭޑްސް އޮފް ބޮލީވުޑް" އަށް އިތުރު ތިން އެވޯޑެއް ވެސް ލިބިފައިވެ އެވެ. އެއީ އޢގައި ރާގަވް ޖުޔާލް ކުޅުނު ރޯލުން އޭނަ އަށް ލިބުނު ބްރޭކްތުރޫ ޕާފޯމާ އޮފް އިޔާ މޭލްގެ އެވޯޑާއި ރަޖަތު ބޭދީ އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި އަންޔާ ސިންގް އަށް ލިބުނު މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އަރިއަންގެ ފުރަތަމަ ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް" އަކީ ބޮލީވުޑްގެ ވާހަކައެެއް ކިޔައިދިން އެއްޗެކެވެ. މީގެ ކާމިޔާބީއާ ގުޅިގެން ދެވަނަ ސީޒަނެއް ހަދަން ވެސް އޮތީ ޕްލޭންކޮށްފަ އެވެ.

"ދަ ބޭޑްސް އޮފް ބޮލީވުޑް" އަކީ އަރިއަންގެ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން އެއްޗެކެވެ.

ކުރިމަގު ވަރަށް އުޖާލާ، ވަރަށް އުންމީދީ ޑައިރެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ދެކޭ އަރިއަން، 28، އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އަރިއަން ވަނީ ސަދަން ކެލިފޯނިއާ ޔުނިވަސިޓީން ފައިން އާޓްސް އިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފަ އެވެ.