Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

'ޕަރީ' ގެ ޓްރެއިލާ އިން ވެސް ބިރުގަންނުވައިލާނެ

އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ދިވެހި ފިލްމު "ޕަރީ: ޗެޕްޓާ 1" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ މަޝްހޫރު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ދައްކުވައި ދޭނެ "ޕަރީ" ގެ ވަރަށް ބޮޑު ރޯލަކުން ކުޑަ އަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ.

މީގެ ކާސްޓްގައި އައިޝްތު ރިޝްމީ އާއި ޖުމައްޔިލް ނިމާލާއި ޝީލާ ނަޖީބްގެ އިތުރުން ލަންކާގެ ފަންނާނުންތަކެއް ވެސް ހިމެނޭނެ އެވެ.

"ޕަރީ" އޮލިމްޕަހަށް ދޫކޮށްލަން ނިންމާފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ. ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ މަހު އޮލިމްޕަހުގައި އެޅުވި ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އެވެ.

މިހާރު އެ ސިނަމާގައި އޮތީ މި މަހުގެ 1 އިން ފެށިގެން ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "އަލްވަދާއު" އެވެ. މިއީ މި އަހަރު އެޅުވި 9 ވަނަ ފިލްމެވެ.