Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

އާ ދިރާސީ އަހަރަށް ފޮތްތައް ފޮނުވަން ފަށައިފި

އަންނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ ފަހުކޮޅު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ އިރު، ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމަ އަށް ސްކޫލްތަކަށް ލިބިފައިވާކަން ކަށަވަރު ކުރާނެ ކަމަށެވެ.

މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ގަ އެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ އަންނަ މަހުގެ 27 ގަ އެވެ.

ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24-30 ލިބޭ އިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ޗުއްޓީ އަށް ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.

އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ޓާމްގެ ކިޔެވުން އޮގަސްޓް 2 ވަނަ ދުވަހު ފަށާ އިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ގެ ޖެނުއަރީ މަހުގެ 12 އަށެވެ. އަދި 2027 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އެ އަހަރުގެ ޖެނުއަރީ 17 ގަ އެވެ.