Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ހެންވޭރުގެ ރައްޔިތުންނާ ރައީސް މާދަމާ ރޭ ބައްދަލު ކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހެންވޭރުގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި ކަލާފާނު ސްކޫލްގަ އެވެ.

ރައްޔިތުނާއެކު ރައީސް ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގައި، ރައްޔިތުންގެ އަޑު ރައީސް އަންނަނީ އައްސަވައި ހައްލުކޮށް ދެއްވަން ޖެހޭ ކަންކަން ހައްލުކޮށް ދެއްވަން މަސައްކަތް ކުރައްވަމުންނެވެ.

މާލެ ސަރަޙައްދުގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވަން ފެއްޓެވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ފަހު އެވެ.

ރައީސް މިހާތަނަށް ވަނީ ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.