ރާއްޖޭގެ ޓޫރިޒަމް މެދު އިރުމަތީގެ މީހުންގެ މެދުގައި ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަން މި އަހަރުގެ ކުރީކޮޅު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ގުޅިގެން މަސައްކަތްކުރި، ޔޫއޭއީގެ މަޝްހޫރު ސޯޝަލް މީޑިއާ އިިންފުލުއެންސާ، ހާލިދު އަލް އަމޭރީ އިންޑިއާގެ ބަތަލާއަކާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.
އޭނަ ރައްޓެހިވެގެން އުޅެނީ އާންމުކޮށް ތެލެގޫ އާއި ތަމަޅަ ފިލްމުތަކުގައި މަސައްކަތްކުރާ ބަތަލާ ސުނައިނާ ޔެއްލާ، 36، އެވެ. ޙާލިދު 41 ވަނަ އުފަން ދުވަސް ރޭ ފާހަގަކުރަން ބޭއްވި ހަފުލާއެއްގައި ސުނައިނާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި މިއަދު ޕޯސްޓްކޮށްފައިވެ އެވެ.
އިންޑިއާގެ ބަތަލާއަކާ ހާލިދު ޑޭޓް ކުރަމުން އަންނަ އިރު އޭނަ އަކީ ކުރިން ކައިވެންޏެއްކޮށް ދެ ދަރިން ވެސް ތިބި މީހެކެވެ. ޚާލިދުުގެ ކުރީގެ އަންހެނުން ސަލަމާ މުހައްމަދުގެ ކައިވެނި ރޫޅައިލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އިންޑިއާ އިން ލޯބިވެރިއެއް ހޯދި އިރު ޚާލިދު ވަނީ އިންޑިއާގެ ފިލްމެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މަލަޔާޅަމް އެކްޝަން ކޮމެޑީ "ޗާތާ ޕަޗާ: ދަ ރިންގް އޮފް ރައުޑީސް" އެވެ.
ޚާލިދުގެ ލޯބިވެރިޔާ ސުނައިނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖޫންގައި ރިލީޒްކުރި ދަނޫޝް އާއި ނާގްރުޖުނާ އަކިނޭނީގެ ކްރައިމް ޑްރާމާ "ކުބެރާ" އެވެ.
ރާއްގެ ޕްރޮމޯޓް ކުރުމުގެ މަސައްކަތުގެ ތެރެއިން ޙާލިދު ރާއްޖެ އަށް މާޗް މަހުގެ 22-26 އަށް ދަތުރެއް ކުރި އެވެ.