Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ގެތަކެއް ފާސްކޮށް 544 ވޭޕް ސާމާނު އަތުލައިގެންފި

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް 544 ވޭޕް ސާމާނު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވާޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޯސަޕަލް ޕޮޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް ގެއިން 331 ފްލޭވާޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވާއިރު، އެދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އިއްޔެ ވަނީ މާލޭގެ އިތުރު ދެ ގެއަކާއި ދެ އުޅަނދެއް ބަލައި ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ ވޭޕް ސާމާނުތަކެއް އަތުލައިގެންފަ އެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.