Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ގޯއާގެ ނައިޓްކުލަބެއްގައި ރޯވެ 25 މަރު

ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު އިންޑިއާގެ ގޯއާގެ ނައިޓްކުލަބެއްގައި ރޯވެ 25 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ "ބާޗް ބައި ރޯމިއޯ ލޭން" ކިޔާ ނައިޓްކުލަބްގައި ރޭ ދަންވަރު ހިނގި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޓޫރިސްޓުންތަކެއް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ނައިޓްކުލަބްގައި ރޯވި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެ ތަނުގެ މުވައްޒަފުންނެވެ.

މި ހާދިސާގައި ޒަހަމްވި އިތުރު ހަ މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ވެސް ދެމުން އަންނަ އިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ނައިޓްކުލަބްގައި ރޯވީ އެތަނުގެ ބަދިގޭގައި ހުރި ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށެވެ. ގޯއާ ފުލުހުންގެ ޑިރެކްޓަ ޖެނެރަލް އަލޯކް ކުމާރު ވިދާޅުވީ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ނައިޓްކުލަބްގައި ރޯވި އަލިފާން މިއަދު ހެނދުނު އެއްކޮށް ކޮންޓްރޯކް ކުރެވިފައިވާ ކަމަށެވެ.

ގޯއާ އަކީ އަބަދު ވެސް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެކެވެ، މި އަހަރުގެ ހަ މަހުގެ ތެރޭގައި އެތަނަަށް 5.5 މިލިއަން ޓޫރިސްޓުމް ޒިޔާރަތްކޮށްފައިވާ އިރު، އޭގެ ތެރެއިން 270،000 އަށް ވުރެ ގިނަ މީހުންނަކީ އެކި ގައުމުތަކުގެ ޓޫރިސްޓުންނެވެ.