އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އަންނަ އަހަރުގެ ޖޫންގައި ކައިވެނި ކުރަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕޭޖް ސިކްސް އިން ބުނީ ޓޭލާ އާއި ލޯބިވެރިޔާ ޓްރާވިސް ކެލްސީގެ ކައިވެނި ހަފުލާ ބާއްވަން ޕްލޭން ކުރަމުން އަންނަނީ ޖޫން 13 ގައި ކަމަށެވެ. ގިނަ ބަޔަކަށް ދައުވަތު ދީގެ ކުލަގަދަކޮށް ހަފުލާ ބާއްވަން ނިންމާފައިވާތީ އެ ހަފުލާ އޮންނާނެ ކަމަށް ބެލެވެނީ ކަނެކްޓިކަޓް ސްޓޭޓްސްގެ ނިއު އިންގްލޭންޑްގެ ލަގްޒަރީ ހޮޓަލެއްގައި ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ޓޭލާ، 35، އާއި ޓްރާވިސް، 36، އެންގޭޖްވީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަން އެ މީހުން ރަސްމީކޮށް އިއުލާންކުރީ އެ މަހުގެ 26 ގަ އެވެ. ޓްރާވިސް އަކީ ކުޅިވަރުގެ ދާއިރާގެ މީހެކެވެ.
މިހާތަނަށް 14 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓޭލާގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް" އެވެ.