Last Updated: June 6, 20:16
Saturday, June 6, 2026
ޚަބަރު

ހަކަތަ މަޝްރޫއާ ގުޅޭ ބައްދަލުވުންތަކެއް އައްޑޫގައި

ސޯލާ ހަރުކޮށްފައިވާ ހިތަދޫގެ މިސްކިތެއް.

އެރައިސް އަދި އެސްޕަޔާ މަޝްރޫއުގެ ދަށުން ހިންގާ ސޯލާ ހަކަތަ ނިޒާމުތައް ޤާއިމްކުރުމާއި ކަރަންޓު ވިއުގަ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް އައްޑޫގައި ކުރިއަށްދާ ގޮތާމެދު އާންމުންނަށް މަޢުލޫމާތުދީ ޙިޔާލު ހޯދަން ބައްދަލުވުންތަކެއް ބާއްވަން ނިންމައުފި އެވެ.

މީގެ ފުރަތަމަ ބައްދަލުވުން އަންނަ އަންގާރަ ދުވަހު ހަވީރު މީދޫގައި ބާއްވަން ހަމަޖެހިފައިވާ އިރު، ދެވަނަ ބައްދަލުވުން ހުޅުދު އަށް ހާއްސަކޮށްގެން އޮންނާނީ އަންގާރަ ދުވަހުގެ ރެ އެވެ. މީދޫގެ ބައްދަލުވުން އަންގާރަ ދުވަހު ހަވީރު 4:00-5:00 އަށް އޮންނާނީ އައިޔޫއެމް ލާނިން ސެންޓަރުގަ އެވެ. ހުޅުދޫގެ ބައްދަލުވުން އޮންނާނީ ރޭގަނޑު 8:00-9:00 އަށް ކޮމިއުނިޓީ ސެންޓަރުގަ އެވެ.

ހިތަދޫގެ ބައްދަލުވުން މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ބާއްވަން ހަމަޖެހިފައިވާ އިރު، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ހާއްސަ ބައްދަލުވުން އޮންނާނީ އެ ރެ އެވެ.

ހިތަދޫ ބައްދަލުވުުން އޮންނާނީ ހަވީރު 4:00-5:00 އަށް ކައުންސިލް އިދާރާގެ ހޯލުގަ އެވެ. މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބައްދަލުވުން އޮންނާނީ 10 ވަނަ ދުވަހުގެ ރޭ 8:00-9:00 އަށް މަރަދޫގައި ހުންނަ ކަސްޓަމްސް ބިލްޑިންގުގަ އެވެ.