Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް މި އަހަރު ވެސް ރާއްޖެ އަށް

ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ރާއްޖެ އަށް ހަ ވަނަ ފަހަރު ލިބިއްޖެ އެވެ

"ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެ އިން ދިފާއުކުރީ ބަހުރެއިންގައި އިއްޔެ ބޭއްވި 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް އެވެ.

މި އަހަރުގެ އެވޯޑްސްގައި ރާއްޖޭން ވަނީ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ވެސް ހޯދައިފަ އެވެ.

މީގެ އިތުރުން ހުޅުލެ އައިލެންޑް ހޮޓެލް އަށް ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓުގެ އެވޯޑް ލިބިފައިވާ އިރު، ވޯލްޑްސް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑު ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަށް ލިބިފައިވެ އެވެ.

ރާއްޖެއަށް ލިބުނު ބައެއް އެހެން އެވޯޑްތަކުގެ ތެރޭގައި ވައްކަރް މޯލްޑިވްސް އަށް ލިބުނު ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑާއި ޓްރާންސް މޯލްޑިވިއަން އެއާވެސް (ޓީއެމްއޭ) އަށް ލިބުނު ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ހިމެނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.