Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

އެމް-ގެޕް ސްޓޭންޑާޑަށް ހާއްސަ ވޯކްޝޮޕެއް ފަށައިފި

މޯލްޑިވިސް ގުޑް އެގްރިކަލްޗާ ޕްރެކްޓިސަސް (އެމް-ގެޕް) ސްޓެންޑާޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، އެ ސްޓެންޑާޑް ކުރިއެރުވުމުގެ ގޮތުން ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ވޯކްްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ބައިވެރިން ހިމެނޭ ކަމަށް އެގްރިކަލްޗަ މިނިސްޓްތީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ބައިވެރިވާ ކޮންމެ ރަށަކުން ކައުންސިލް އޮފިޝަަލަކާއި ދަންޑުވެރިއެކެވެ.

މި ވޯކްޝޮޕްގެ އެމް-ގެޕް ސްޓެންޑާޑްގެ ތިއަރީ ބައި ކުރިޔަށް ގެންދަނީ މާލޭގަ އެވެ. އަށް ފަހު، ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިއުމަށް ވޯކްޝޮޕްގެ ބައިވެރިން މާދަމާ އއ. ތޮއްޑު އަށް ދާނެ އެވެ.

މިނިސްޓްރީން ބުނީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމް-ގެޕް އަކީ މުހިންމު ސްޓޭންޑާޑެއް ކަމަށެވެ. މިހާތަނަށް ރާއްޖޭގައި 10 ދަނޑެއް އެމް-ގެޕަށް ސެޓިފައިޑްވެފައިވެ އެވެ. އެއީ ށ. ގޮައިދޫގެ 10 ދަނޑެވެ.

މިއީ ފުރަތަމަ ފަހަރަށް 5 މޮޑިއުލް ފުރިހަމަކޮށް ސެޓިފައިޑްވި ފުރަތަމަ ރަށް ވެސް މެ އެވެ.

އެމް-ގެޕް އަކީ އެގްރިކަލްޗަ މިނިސްޓްރީން ޔޫއެންޑީޕީގެ 'ޕްރޮޖެކްޓް ފޯ ޑެވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.