އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޮން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީގައި ބޭއްވި ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީ އާއި ވެރިކަން ކުރާ ޕީއެންސީގެ އިތުރުން އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމެރިކާ އެމްބަސީން ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި އެމެރިކާއިން ރާއްޖެއާ ގުޅުން ބަދަހިކުރަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1965 ވަނަ އަހަރު އެވެ. އެމެރިކާއިން ރާއްޖެއަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ސަފީރެއް ކަނޑައެޅީ 2023 ގަ އެވެ.