Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ވައިބާ ކޮންޕްރޮމައިޒްކޮށް، ފޭރުނު އިތުރު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މިިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.

ފުލުހުން ބުނިގޮތުގައި މިމައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާ ވަނީ މިކަމަށް އަމިއްލަ އެކައުންޓެއް ބެންކުގައި ހުޅުވައި މަންފާ ހޯދުމަށް އެއެކައުންޓް ކުއްޔަދީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެފައިސާ ނަގާފަ އެވެ.

މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިއީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި ދެވަނަ މީހާއާއެވެ. ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.