Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

އައްޑޫގައި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

އައްޑޫ ބަނދަރަށް ވަގަށް އެތެރެ ކުރި 1.8 މިލިއަން ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ސިނގިރޭޓުތައް ނައްތައިލީ ހިތަދޫ ބަނދަރު ސަރަހައްދުގައި ކަމަށެވެ. ސިނގިރޭޓުތައް ނައްތައިލީ އެ ތަކެތީގައި ރޯކޮށްގެންނެވެ.

ކަސްޓަމްސް އިން މި ތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް ހިތަދޫ ޕޯޓުން ބަލައި ފާސްކުރުމުގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އެ ތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެ ކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ދިވެހިން ދުންފަތާ ދުރުކުރަން ސަރުކާރުން އަޅަން ފިޔަވަޅު ފެށި ފިޔަވަޅުތަކުގެ ދަށުން ސިނގިރެޓުން ނަގާ ޑިއުޓީ މި އަހަރުގެ ކުރީކޮޅުން ފެށިގެން ބޮޑު ކުރުމާ އެކު، ވަގަށް ސިނގިރެޓް އެތެރެކުރާ މައްސަލަތައް ދޭތެރެ ދޭތެރެ އިން ދަނީ ފެންމަތިވަމުންނެވެ.