Last Updated: July 7, 23:24
Tuesday, July 7, 2026
ޚަބަރު

55 ކައުންސިލް އިމާރާތް ޖޫންއަށް ނިންމަނީ

ކޮންޓްރެކްޓާ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ޖޫންގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމާ ކައުންސިލުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.